މިދިޔަ ބުރާސްފަތި ދުވަހު ފެށި
މިދިޔަ ބުރާސްފަތި ދުވަހު ފެށި، މޯލްޑިވްސް ފައިނޭންޝަލް ފޯރަމްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، ގައުމުތަކުގެ ޕޭމެންޓްތައް ގުޅާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި މިއީ ވިޔަފާރި ކުރުމާއި އެކި އެކި ފައިސާގެ މުއާމަލާތްތައް ކުރުމަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށެވެ.
ލިބޭ ފަސޭހައިގެ އިތުރުން ޔޫޕީއާއި ނުވަތަ ޗައިނާގެ ޕޭމެންޓް ސިސްޓަމްތަކާއި ގުޅާލުމުން ރާއްޖެއިން ބޭރުވާ ޑޮލަރުގެ އަދަދު ކުޑަވެ، ބޭރު ފައިސާއަށް އޮތް ޑިމާންޑް ކުޑަކުރެވޭނެ ކަމަށެވެ

